Tuesday, October 27, 2009

މަސް، ވެރިކަން ރަނގަޅުބާ؟


ކަނޑުއަޑީގެ ފުރަތަމަ ކެބިނެޓު މީޓިން އަށް އަހަރެން ދިޔައީ އެއްވެސް ފާހެއް ހިފައިގެންނެން ނޫނެވެ. އެކަމަކު ވަރަށް ފަސޭހައިން އެތަނަށް ދެވުނެވެ. ގިނަ ޑައިވަރުންނަކީ އަހަރެންގެ ވަރަށްގާތް ރައްޓެހިންނެވެ. ރައީސް ނަޝީދު އަހަރެންނާމެދު ވަރަށް ޝައުޤުވެރިވިއެވެ. ބޭރުގެ މީޑިޔާތަކުން ވެސް އަހަރެން ދެއްކިއެވެ. މިތާރީޚީ މީޓިން ފެނުމުން އަހަރެން ހިތަށްއެރިއެވެ. ޤިޔާމަތް ވެދާނެތީ ރައީސް ނަޝީދު ކުރެއްވީ ކޮންކަމެއް ބާވައެވެ؟

އޭގެފަހުން މާގިނަދުވަހެއްނުވެ ބަޔަކުމީހުންގެ ދަލުގައިޖެހި އަހަރެންގެ މުޅިޙަޔާތް ބަދަލުވެއްޖެއެވެ. އެހެން ދުނިޔެއަކަށް ހޭލެވިއްޖެއެވެ. އެހެން ފަރާތެއްގެ އަޅުވެތި ކަމުގެ ދަށަށް އަހަރެން ހިގައްޖެއެވެ.

އަހަރެންގެ ވެރިމީހާ އާއެކު ގެއަށް ދިޔުމަށްޓަކައި އޭނާގެ ސައިކަލުގައި ދިޔަ މަގު މަތިން ޓްރެފިކްލައިޓު ރަތްވުމުން ސައިކަލު މަޑުކޮށްލިއެވެ. އެމީހުން ޓްރެފިކްލައިޓަށް ކިޔަމަންވާއިރު އެމީހުން ހެއްދެވި ފަރާތަށް ކިޔަމަން ނުވަނީ ކީއްވެ ބާވައެވެ؟ އަހަރެންގެ ހިތުގައި މިސުވާލު އުފެދުނެވެ. ލައިޓް ރަތްވުމުން މީހުންތައް ހުރަސްކުރަންފަށައިފިއެވެ. އޭގެތެރޭގައި ޒުވާންފުރައިގެ އަންހެން ގުރޫޕެއް ތިއްބެވެ. އަހަރެންގެ ވެރިމީހާ އެކުދީންތަކާ ދިމާލަށް ބަލަންފެށިއެވެ. އެކުދީން ތިބީ ގަޔަށްބާރުކަމުންގޮސް ހެދުމުގެ އެތެރެފަރާތުގައިވާ ލަދުވެތި ގުނަވަންތައް ހެދުމުގެ ބޭރުގައި ތަތްކުރެވިގެންވާޙާލު، ހެދުންލުމުގެ ޙަޤީޤީ މަޤްސަދު ގެއްލުވާލައިގެންނެވެ. ކުރީގައި ދިވެހި ރާއްޖޭގައި ގިފިލި ބަލާމީހުންނަކީ މުޖުތަމަޢުގައި ވަރަށް އަގުވެއްޓިފައިވާ ބައެކެވެ. މިހާރު ގިފިލި ބެލުމަށްޓަކައި ނުކުންނަންޖެހެނީ މަގުމައްޗަށެވެ. މިހާރު ހުރިހާ ދިވެހިންނަކީ ގިފިލިބަލާ މީހުންނެވެ. ހިގަންޖެހެނީވެސް ގިފިލިތަކުގެ ތެރޭގައެވެ.

0 comments:

Post a Comment | Feed

Post a Comment